ޢާންމު މަޢުލޫމާތު
ނަންބަރު: (PR)239-CAS/239/2023/8
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 26 ނޮވެންބަރު 2023 00:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސް ބަޔާން - ތަރައްޤީގެ ޕްލޭނަށް އަމަލީސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު

ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ޢާއްމުކުރުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ޤާނޫނު ނަމްބަރު (7/2010) (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށް، 2023 ވަނަ އަހަރުގެ ޖުލައި/ އޯގަސްޓް މަހުގައި މި ދެންނެވި މަޢުލޫމާތު ޢާއްމުކޮށްފައިވާ ކައުންސިލްތަކުން އެމަޢުލޫމާތު މި ކައުންސިލަށް ހިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން ޖުލައި/ އޯގަސްޓް މަހުގައި މަޢުލޫމާތު ޢާއްމުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ، މި އިދާރީ ދާއިރާގެ ރަށުކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  1. ކޮޅުމަޑުލު ބުރުނި ކައުންސިލްގެ އިދާރާ
  2. ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
  3. ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
  4. ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

26 ސެޕްޓެންބަރު 2023