ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-PSM/IUL/2015/17
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 05 މާރިޗު 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކުރުން.

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކުރުން.

މި ކޮމިޝަނުން، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާ ކުރި ނަންބަރު 188PSM/IUL/2015/9 (ތާރީޚު: 03 ފެބުރުވަރީ 2015) އިޢުލާނަށް، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައި ނުވާތީ، އެ މަޤާމަށް ކުރިމަތިލެއްވުމުގެ މުއްދަތު 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2015 މާރިޗު 8 އިން 2015 މާރިޗު 19 އާ ދެމެދު މާލޭގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އަދި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާ ކުރި ނަންބަރު 188PSM/IUL/2015/9 (ތާރީޚު: 03 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން 2015 ފެބުރުވަރީ 26 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

 10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015