ދިވެހިރާއްޖެ
ނަންބަރ: (IUL)GS-01/GS-01/2023/47
އިޢުލާން
ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމާބެހޭ
ބ. އަތޮޅުތަޢުލީމީ މަރުކަޒުގެ އެކްޓިވިޓީ ޔުނީފޯމް ފަހައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަންބަރ: (IUL)GS-01/GS-01/2023/43 (22 އޮގަސްޓް 2023) ޝަރުތު ހަމަވާ އެންމެ ފަރާތަކުން ކުރިމަތިލައިފައިވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.
ވީމާ، ޔުނީފޯމް ތައްޔާރުކޮށް ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން 02 އޮކްޓޯބަރ 2023 އިން 04 އޮކްޓޯބަރ 2023 އާދެމެދުތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްދެންނެވީމެވެ. ބީލަންހުށަހެޅޭނީ މިމުއްދަތުގައިރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު/އީމެއިލް: https://bit.ly/3rtCbaB
އިތުރު މައުލޫމާތު ބޭނުންވާނަމަ 02 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހު މެންދުރުފަހު 1.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 08 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. އަދި މިއިއުލާނާއެކު މިމަސައްކަތާގުޅޭ މައުލޫމާތުޝީޓާއި އެކްޓިވިޓީ ޔުނީފޯމްގެ ކުރެހުން އެޓޭޗްކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިސްކޫލުގެ ފޯން ނަންބަރ 6608359 އަށް ގުޅުއްވުން އެދެމެވެ.
26 ސެޕްޓެމްބަރ 2023