ބީލަން
ނަންބަރު: GS205/IUl/2023/050
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 11 އޮކްޓޫބަރު 2023 11:00
ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދިނުން

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރަށް، ވިޔަފާރި ޢުޞޫލުން

ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް

ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް އަމަލުކުރެއްވުން އެދެމެވެ.

ތާރީޚް

ތަފްޞީލް

ގަޑި

ތަން

02 އޮކްޓޫބަރު 2023 އިން 04 އޮކްޓޫބަރު 2023 އަށް

ބީލަން ހުށަހެޅުމަށް ރަޖީސްޓްރީ ކުރުން

ހެނދުނު 9:00 ން މެންދުރު 13:00 އަށް

ރަތަފަންދޫ ސްކޫލް

ފޯން: 7983087

އީމެއިލް ކޮށްގެންވެސް ކޮށްލެވޭނެ

11 އޮކްޓޫބަރު 2023 (ބުދަ)

އަންދާސީ ހިސާބު ހުށަހެޅުން

ހެނދުނު 11:00

ރަތަފަންދޫ ސްކޫލް އޮފީސް

މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީ،ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ

ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ

ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ނަންނޯޓް

ކުރުމަށް 7983087 އަށް އެސްއެމްއެސް ކޮށްގެންނާއި އީމެއިލްގެ ޒަރިއްޔާއިންވެސް ބީލަމަށް ރަޖިސްޓްރީ ކުރެވިދާނެއެވެ. އެސްއެމެއެސް އަދި

އީމެއިލް ކުރައްވާފަރާތްތަކުން ބީލަންހުށަހަޅަންބޭނުންވާ ފަރާތުގެ ނަމާއި އެޑްރެސް، ފޯން ނަމްބަރ، އީމެއިލް އަދި ވިޔަފާރި ރަޖިސްޓްރީ ނަމްބަރު

ހިމެނުއްވުން އެދެމެވެ.  ބީލަމުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.  ބީލަން ހުށަހެޅުމުގެ

ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ

ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ސްކޫލުގެ  ގެ ނަންބަރު 7983087   ފޯނަށް

ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސްއަކީ [email protected] އެވެ. އަދި މިޕްރޮޖެކްޓާގުޅޭ ބީލަން

ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ރަތަފަންދޫ ސްކޫލް
  • ގދ ރަތަފަންދޫ/ދިވެހި ރާއްޖެ
  • ފޯން: 7983087/7973947
  • އީ.މެއިލް: [email protected]  
  • މަގު: އަމީނީމަގު
26 ސެޕްޓެންބަރު 2023