ކުއްޔަށް ދިނުން
ނަންބަރު: (IUL)407-EC407/407/2023/46
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 10 އޮކްޓޫބަރު 2023 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތަށް ވަގުތީގޮތުން ކުލީބިން ދޫކުރުން

        މިކައުންސިލްގެ ނަންބަރ. (20.09.2023) (IUL)407-EC407/407/2023/44 އިޢުލާނުގެ މައުލޫމާތަށް ބަދަލު ގެންނަންޖެހުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ވަގުތީގޮތުން ބިން ދޫކުރެވިދާނެކަމަށް ބެލެވޭ ގއ.ވިލިނގިލީ ގުލްޒާރުގޭ އަޙްމަދު ދީދީއަށް ދޫކުރެވިފައިވާ އޮޑިހަރުގެބިމުގެ ދެކުނުން 13920 އަކަފޫޓުގެ ޞަރަޙައްދުން ބިން 10 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މަޢުލޫމާތު:

1 – ބިމުގެ ބޮޑުމިން: 13920 އަކަފޫޓް 

2 – ބިމުގެކުލި: ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ ކުއްޔަކީ 5000 އަކަފޫޓަށްވުރެ ކުޑަބިމެއްނަމަ މަހަކު އަކަފޫޓަކަށް 2.30 (ދެރުފިޔާ ތިރީސްލާރި) އަށްވުރެ ކުޑަނޫންއަގެއް އަދި 5000 އަކަފޫޓަށްވުރެ ބޮޑުބިމެއްނަމަ މަހަކު އަކަފޫޓަކަށް 1.00 (އެއްރުފިޔާ) އަށްވުރެ ކުޑަނޫންއަގެއް

3 – ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން 10 އޮކްޓޫބަރ 2023 ވާ އަންގާރަ ދުވަހުގެ 13.00 އަށް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ އަގާއި މުއްދަތު އަދި ބިމުގައި ކުރާ މަސައްކަތާއިގުޅޭ ޕްރޮޕޯސަލް ބަލައިގަތުން ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައިއޮންނާނެއެވެ. 13.00 ގެފަހުން ގެންނަން ޕްރޮޕޯސަލްތަކާއި އަގު ބަލައި ނުގަނެވޭނެއެވެ.

4 – ބިން ލިބޭފަރާތް ކަނޑައަޅާނީ ބިމަށް އެންމެ މަތީ އަގާއި ޕްރޮޕޯސަލްގައިވާ މަޢުލޫމާތާއި، ލިބޭ މާރކްސްގެ މައްޗަށް ބެލުމަށްފަހު އެތަރުތީބުންނެވެ. 

5 – ބިމަށް އެދި ހުށަހެޅިއަގާއި، މާރކްސް އެއްވަރު ވެއްޖެނަމަ ބިން ލިބޭފަރާތް ކަނޑައަޅާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

6 – މި ބިމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 05 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެކުރިން ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ[email protected]  އީ-މެއިލް އެޑްރެހަށް ލިއުމުން ފޮނުއްވުމަށާއި އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6822503 ފޯނަށްގުޅުއްވުން އެދެމެވެ.  

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

ހ – ބިމާއި ޙަވާލުވުމަށްފަހު އެ ބިމުގައިކުރާ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައިވާގޮތުގެ ޕްލޭން.

ށ – ބިމުކުލީގެގޮތުގައި ކައުންސިލަށް ދައްކަންޖެހޭ ފައިސާދެއްކުމަށް ނިންމާފައިވާގޮތް.

ނ – ބިމާއި ޙަވާލުވުމަށްފަހު ސީ އެސް އާރުގެ ދަށުން ކުރަމަށް ކަނޑައަޅާފައިވާ ކަންކަން.

ރ – ބިމާއި ގުޅިފައިވާ ތަންތަނާއި މަގުތައް ސާފްކޮށް ބަލަހައްޓާނެގޮތް.

މާރކްސް ދެވޭގޮތުގެ ތަފްސީލު:

  • ހުށަހަޅާ އަގަށް                                %50
  • ޕްރޮޕޯސްލްގައިވާ ސީ އެސް އާރުގެ ދަށުންކޮށްދެއްވާ ކަންކަމަށް   %40
  • ޕްރޮޕޯސަލްގައިވާ އެހެނިހެން ކަންކަމަށް                  10%
26 ސެޕްޓެންބަރު 2023