ކުއްޔަށް ދިނުން
ނަންބަރު: (IUL)334/334/2023/112
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 16 އޮކްޓޫބަރު 2023 12:15
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ/ކެފޭގެ ޚިދުމަތް ދިނުމަށް ބިންދޫކުރުމާއި ގުޅޭ

ހޮޓާ/ކެފޭ ގެ ޚިދުމަތްދިނުމަށް މިރަށުގެ ޓާފް ދަނޑުގެ އުތުރު ކޮޅުން 3476 އަކަފޫޓުގެ ހުސްބިން ކުއްޔަށްދޫކުރުމަށް ކުރެވުނު ނަންބަރު (IUL)334/334/2023/92  އިއުލާނާއި ގުޅިގެން ހުށައަޅުއްވާފައިވާ އަންދާސީ ހިސާބުތައް ފުރިހަމަނުވުމުގެ ސަބަބުން ބިޑްތަށް ބާތިލްކުރުމަށްފަހު ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

        ގިނަވެގެން 15 އަހަރުދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމަށް އެދި ހުށައެޅުމަށް އެދޭ ބިޑް ފޯމް 26 ސެޕްޓެމްބަރ 2023 އިންފެށިގެން 15 އޮކްޓޯބަރ 2023 ވަނަދުވަހާއި ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/1000ރ. (އެއްހާސް ރުފިޔާ) އަށެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 12:15 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް  [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

25 ސެޕްޓެންބަރު 2023