މަސައްކަތް
ނަންބަރު: (IUL)249-M/249/2023/61
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 12 އޮކްޓޫބަރު 2023 00:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ކެލާ ފުޓްސަލް ދަނޑު މަރާމާތުކޮށް ޓާރފް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

                 މިއިދާރާއިންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް މިރަށު ފުޓްސަލް ދަނޑު މަރާމާތުކޮށް ޓާރފް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން  ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރުން

26 ސެޕްޓެމްބަރ 2023 އިން 03 އޮކްޓޯބަރ 2023 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

04 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

1-      މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-      އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާ ނަން، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

3-      އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]

                              25 ސެޕްޓެމްބަރ 20230202      

25 ސެޕްޓެންބަރު 2023