ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2023/80
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:34
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު ކަނޑައެޅުން

ގަވާއިދު ނަންބަރ 2022/R-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއިބެހޭ ގަވާއިދު) ގެ 9 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމްކޮށްފައިވާތީ، މާޅޮސްމަޑުލު އުތުރުބުރީ ފައިނުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ސަރުކާރަށް ދައްކަންޖެހޭ އަގެއްގެ ގޮތުގައި، މި ކައުންސިލްގެ 4 ވަނަ ދައުރުގެ 108 ވަނަ އާންމު ބައްދަލުވުމުން ކަނޑައަޅާފައިވަނީ އެއްފަހަރާ ދައްކާނަމަ އަކަފޫޓަކަށް 30.00 (ތިރީސް) ރުފިޔާ އަދި ފައިސާ ދައްކާ މުއްދަތު 6 (ހައެއް) މަސްދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 50.00 (ފަންސާސް) ރުފިޔާ އެވެ.

 

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ސެޕްޓެންބަރު 2023