ދިވެހިރާއްޖެ
މި ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ ފުރުސަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އެޖެންސީތަކުން "އެޖެންސީތަކުގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް" 05 އޮކްޓޫބަރު 2023 ގެ 13:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި އިއުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، މި ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް މިހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު ދެއަހަރު ދުވަހަށް ދެވިގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިހޮސްޕިޓަލުގެ ނަންބަރު: 6841970 އަށް ގުޅުއްވުން އެދެމެވެ.