ދެންނެވުން
ނަންބަރު: (IUL)266-SECE/266/2023/219
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:27
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ޖިމް ބޭނުންކުރުމަށް އަންހެން ބޭފުޅުންނަށް ޙާއްސަ ވަގުތެއް ހަމަޖެއްސުމާއި ގުޅޭ

ކޮމިއުނިޓީ ސެންޓަރުގައި ޤާއިމުކުރެވިފައިވާ ކޮމިއުނިޓީ ޖިމް ބޭނުންކުރުމަށް، 25 ސެޕްޓެމްބަރު 2023 ވާ ހޯމަދުވަހުން ފެށިގެން އަންހެން ބޭފުޅުންނަށް ޙާއްސަ ވަގުތެއް ވަނީ ކަނޑައަޅާފައެވެ.

ވަގުތު: ކޮންމެ ދުވަހެއްގެ މެންދުރުފަހު 03:00 ން ހަވީރު 05:00 އަށް.

މިހެން މިގޮތަށް ހަމަޖެހިފައި ވީނަމަވެސް، ޖިމް ބޭނުންކުރެވޭ ގަޑިތަކުގެ ތެރެއިން ހެނދުނު 05:30 އާއި ރޭގަނޑު 23:00 ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް އަންހެން ބޭފުޅުންނަށް ކޮމިއުނިޓީ ޖިމް ބޭނުންކުރެވޭނެ ވާހަކަ ދަންނަވަމެވެ. މި ފުރުސަތުގައި ހުރިހާ ބޭފުޅުންވެސް ކޮމިއުނިޓީ ޖިމް ބޭނުންކުރުމުގެ އުސޫލަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2023