ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)447-CS1/1/2015/10
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 12 މާރިޗު 2015 15:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ސްޓޯރ ކީޕަރ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސްޓޯރ ކީޕަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 1 / އެސިސްޓަންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

ރީޖަނަލް ސެކްޝަން / ޕަބްލިކް ވަރކްސް ސަރވިސަސް / ލ.ފޮނަދޫ ސައިޓް

މުސާރައާއި ޢިނާޔަތްތައް

  • މުސާރަ:  -/3,565 ރ.
  • ސަރވިސް އެލަވަންސް: -/1,500 ރ.
  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)

ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސައިޓްގެ ބެލުމުގެ ދަށުން ހޯދޭ ހުރިހާ ތަކެތި އަމާނާތްތެރިކަމާއެކު، މަރުކަޒީ އުސޫލުން ސްޓޮކްކޮށް ބެލެހެއްޓުމާއި، އެތަކެތި ބޭނުންވާ މަސައްކަތްތަކަށް ތަކެތި ދޫކޮށް، ލިޔެކިއުންތައް ތައްޔާރުކޮށް ފައިލުކޮށް ބެލެހެއްޓުން.
  • ސައިޓަށް ބޭނުންވާ މުދަލާއި، ވެހިކަލްތަކުގެ ސްޕެއަރ ޕާޓްސް އަދި އެހެނިހެން ތަކެތި ހޯދުމަށް މާލޭ އޮފީހަށް ރިކުއެސްޓް ތައްޔާރުކޮށް ފޮނުވުން.
  • ސައިޓްގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާ ބެހޭ މަސައްކަތްތައް ކުރުން.
  • ސައިޓްގެ އިދާރީ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  • މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ)، ލ. ފޮނަދޫ ސައިޓް ނުވަތަ ލ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ މާރިޗު - އެޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައި މިސަރވިސަސްގެ ފޮނަދޫ ސައިޓް ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުން، ޕަބްލިކް ވަރކްސް ސަރވިސަސްގެ ލ. ފޮނަދޫ ސައިޓުން އަދި ލ. އަތޮޅު ކައުންސިލް އިދަރާއިންނެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

07  ޖުމާދުލްއޫލާ  1436

26 ފެބުރުވަރީ 2015