ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ
މިއޮފީހަށް ބޭނުންވާ ތިރީގައިވާ ތަކެތި ގަތުމަށްކުރި ނަންބަރު IUL)7-ADMN/1/2015/7)ފ(9 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އަދަދު |
އައިޓަމް |
2 |
އެއަރ ކޮންޑިޝަން 9000 ބީޓީޔޫ |
1 |
އެއަރ ކޮންޑިޝަން 12000 ބީޓީޔޫ |
1 |
އެއަރ ކޮންޑިޝަން 18000 ބީޓީޔޫ |
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 9 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނުގައިވާ ކޮންމެ އައިޓަމަކަށް ވަކިން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދެވޭ މިންގަނޑު ތިރީގައި މިވަނީއެވެ.
އަގު (70) |
އެންމެ ދަށް އަގު |
70 |
|
ޑެލިވަރީ (20) |
އެންމެ އަވަސް |
20 |
|
ވޮރަންޓީ (10) |
އެންމެ ދިގު މުއްދަތަށް (މަސް/އަހަރު) |
10 |