ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)357-Mm357/357/2023/56
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 04 އޮކްޓޫބަރު 2023 12:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                                  އިޢުލާނު        

ވަޒީފާގެ ފުރުސަތު

              މި އިދާރާއިން ހިންގަމުންގެންދާ ކިންޑަރ ގާރޓެން ޕްރީސުކޫލަށް 08 އޮކުޓޫބަރ 2023 އިން 30 ޖޫން 2024 ގެ ނިޔަލަށް ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތްކުރާނެ ޓީޗަރުން ބޭނުންވެއްޖެއެވެ.                                          

މަޤާމް:  ޕްރީސުކޫލު ޓީޗަރ

ބޭނުންވާ ޢަދަދު: 2 (ދޭއް )

މުސާރައާއި އެލަވަންސް: މުސާރަ -/2500 ރުފިޔާ

ސާރވިސް އެލަވަންސް -/1000 ރުފިޔާ   

ޔުނިޓް: މުނިސިޕަލް ސާރވިސް

މަޤާމްގެ ޝަރުތު: 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު،ތަޖުރިބާ އާއި ޤާބިލްކަން ސާބިތުކޮށްދިނުމާއި އެކު ޕްރީސުކޫލް އެޑްވާންސް ސެޓްފިކެޓް ޙާސިލްކޮށްފައިވުން ނުވަތަ ޕްރީސުކޫލު ޓީޗިންގ ހަދާފައިވުން

2. ގްރޭޑް10 ނިންމާ އިސްލާމް، ދިވެހިން ދައްވެގެން (D)  ލިބިފައިވުން ނުވަތަ ގުރޭޑް10 ނިންމާފައިވުން   

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި ސިއްހަތު ރަނގަޅުމީހެއްކަމުގައިވުން

4. އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން       

މަޤާމުގެ މަސްޢޫލިއްޔަތު:

1. ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތީން ޕްރީސްކޫލުގެ ދަރިވަރުންނަށް އުގައްނައިދިނުމުގެ މަސައްކަތްކުރުން

2. ކޮންމެ ހަފުތާއަކު ލެސަންޕްލޭން ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން އަދި ލެސަންޕްލޭނާއި އެއްގޮތަށް އުގައްނައިދިނުމުގެ މަސައްކަތްކުރުން

3. ކައުންސިލުން ހަމަޖައްސާގޮތެއްގެ މަތިން ޕްރީސްކޫލުގައި ހިންގަންޖެހޭ އެކިއެކިޕްރޮގްރާމުތައް ހިންގުން

4. ޕްރީސްކޫލުގައި ކުރަންޖެހޭ ކައުންސިލް އިދާރާއިން އަންގާ ޕްރީސުކޫލާއި ގުޅުންހުރި އެންމެހާ މަސައްކަތްތައްކުރުން

5. ޕްރީސްކޫލު ތަރައްޤީކުރުމަށް ކައުންސިލުން ރާވާކަންކަމުގައި ފުރިހަމައެހީތެރިކަން ކައުންސިލަށް ދިނުން

އިނާޔަތްތައް:

   ހަމަޖެހިފައިވާ ގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެވޭނެއެވެ.

 

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

04 އޮކުޓޫބަރ 2023 ވާ ބުދަ ދުވަހުގެ 12:00 ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް

 

 ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ފޯމް ( ކައުންސިލްއިދާރާއިން ލިބެންހުންނާނެ)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

 

# އިންޓަވިއުއަށް އަންނައިރު ތަޢުލީމީ ސެޓްފިކެޓް، ތަޖުރިބާގެ ލިޔުން ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ އަސްލު ގެންނަންވާނެއެވެ.

 

              ޕްރީސުކޫލު ޓީޗަރުކަމަށް ކުރިމަތިލީފަރާތްތަކުގެތެރެއިން ޓީޗަރުންހަމަޖެއްސުމުގައި ތަޢުލީމާއި ތަޖްރިބާއަށް އިސްކަންދެވޭނެއެވެ.

              މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ: 6700603، 9393603 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ. 

25 ސެޕްޓެންބަރު 2023