މަސައްކަތް
ނަންބަރު: TCL/TA/2015/004
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 09 މާރިޗު 2015 13:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015

ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީ.ސީ.އެލް) އިން ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015ގެ ދަށުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރަން ބޭނުންވެއެވެ.

  • ތިލަފުށި-1 (އެކެއް) ގައި ޓީ-ޖެޓީއާ ދިމާލަށް ލޭންޑިންގ ކްރާފްޓް ޖެއްސޭގޮތަށް ރޭމްޕެއް ހެދުން.
  • ރޭމްޕާ އިންވެގެންވާ ސަރަޙައްދުގައި 80 މީޓަރަށްވުރެ ދިގު ފެންސެއްޖެހުން.
  • ތިލަފުށި-1 (އެކެއް) ގެ ދެ ބަނދަރެއްގެ ކީވޯލްގެ ހަލާކުވެފައިވާ ދެސެކްޝަން ހަދައި މަރާމާތުކުރުން.
  • ޓީ-ޖެޓީގެ ޝީޓްޕައިލް ކުރެވިފައިވާ ސަރަޙައްދުގެ މިވަގުތު ކެޕިން ނުލެވި ހުރި ސަރަޙައްދުގައި ކެޕިން ލުން.

ވީމާ، މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015 ގެ ދަށުން މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އިޢުލާންކުރަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

05 ދުވަސް(ރަސްމީ)

03 އިން 09 މާރިޗު 2015 އަށް

08:30 އިން 13:00

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

10 މާރިޗު 2015

08:30 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ އަދި ސައިޓު ބެލުން

ޓީސީއެލް ހެޑްއޮފީސް

އާދީއްތަ

15 މާރިޗު 2015

10:00 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

އާދީއްތަ

22 މާރިޗު 2015

10:00 ގައި

  • ބީލަން ފޮތުގެ އަގަކީ -/1000 ރުފިޔާ (އެއްހާސް ރުފިޔާ) އެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000 ރުފިޔާ (ފަސްހާސް ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 90 ދުވަހެވެ.
  • ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ %2.5 (ދެއެއް ޕޮއިންޓް ފަހެއް އިންސައްތަ) ދައްކަންވާނެއެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން  ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015