ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2023/164
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:26
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗަށް އުނދަގޫވާގޮތަށް ހުރި ރުއްގަސް ކޮށުމާއިގުޅޭ

     މަގުތަކަށް ވާގޮތަށް ހުރި ބައެއް ރުއްގަހުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، ދުއްވާ އެއްޗެހި ދުއްވުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެއެވެ. އެގޮތުން ބައެއް ރުއްގަހުގެ ސަބަބުން މަގުބައްތީގެ އަލިކަން މަގަށް އެކަށީގެންވާވަރަށް ނުލިބޭކަން ފާހަގަކުރެވެއެވެ. މަގުމައްޗަށްވާގޮތަށް ހުންނަ ރުއްގަސްތައް، ހުންނަން ވާނީ ޤަވާއިދާއި އެއްގޮތަށް 10 ފޫޓަށްވުރެ ތިރިނުވާނެ ގޮތަށް ކޮށާފައެވެ. އެގޮތަށް ހުންނަ ރުއްގަހުގެ ސަބަބުން އާއްމުންނަށާއި އެއްގަމު އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވުމާއި ހާދިޘާތައް ހިނގުމުގެ ފުރުސަތުބޮޑުވެއެވެ.

     ވީމާ، މިއަދުން ފެށިގެން  14  ދުވަހުގެ ތެރޭގައި މަގުމައްޗަށްވާގޮތަށް ހުރި ގަސްތައް 10 ފޫޓަށްވުރެ ތިރިނުވާނެ ގޮތަށް ކޮށުމަށާއި ސާފްކުރުމަށް ދަންނަވަމެވެ. އަދި މިފަދަ ކަންކަން އިސްލާހްކުރުމުގައި ރައްޔިތުންގެ ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ސެޕްޓެންބަރު 2023