ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ހޯސްޓްކުރާނެ ފަރާތެއް ހޯދުން |
ހދ.އަތޮޅު ކައުންސިލްގެ ފަރާތުން ހދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ތިލަދެކުނު ވޮލީ ބޯޅަ މުބާރާތް މިއަހަރު ނޮވެންބަރު މަހު ބޭއްވުމަށްޓަކައި، މިމުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވިމާ، މި މުބާރާތް ހޯސްޓްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓްރީ ވެލެއްވުން އެދެމެވެ.
ލިންކް: https://forms.gle/Tgs6B9GafgUCSZKn7
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
ހޯސްޓްކުރުމަށް ރަޖިސްޓްރީވުން |
24 ސެޕްޓެންބަރު 2023 ން 03 އޮކްޓޫބަރު 2023 ނިޔަލަށް |
03 އޮކްޓޫބަރު 2023 ގެ 14:00 ކުރިން، އޮންލައިންކޮށް |
މަޢުލޫމާތު ސާފުކުރުން |
02 އޮކްޓޫބަރު 2023 |
11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް |
ބީލަންތައް ހުޅުވުން |
05 އޮކްޓޫބަރު 2023 |
11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް |
- ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ އިތުރުމަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
- މިފުރުސަތު ހުޅުވާލެވިފައިވަނީ: ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގޭ ކްލަބް، ޖަމްޢިއްޔާތައް އަދި ހދ އަތޮޅުގެ ކައުންސިލް އިދާރާތަކަށެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6521685 ، 6521632 ,6521633
އީމެއިލް: [email protected]
9 ރަބީޢުލްއައްވަލު 1445
24 ސެޕްޓެމްބަރ 2023