މަސައްކަތް
ނަންބަރު: 57-T/IU/2015/003
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި:
08 މާރިޗު 2015 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް ގޮނޑި މަރާމާތު ކުރުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައި ބޭނުންކުރާ ބައެއް ގޮނޑި މަރާމާތު ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 8 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
11 ޖުމާދަލްއޫލާ 1436
02 މާރިޗު 2015