ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)357/357/2023/55
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:10
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫކޮށްލާފައިވާ އެއްޗެއްގެގޮތުގައި ކަނޑައެޅުން.

އިޢުލާނު

ދޫކޮށްލާފައިވާ އެއްޗެއްގެގޮތުގައި ކަނޑައެޅުން.

ޤަވާޢިދުނަމްބަރ: 2013/R-1421 ( އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު- ވ.ފުލިދޫ) ގެ 5 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތީން، ނެގުމަށް އެތައްފަހަރަކު އެންގުމުންވެސް ވެހިކަލްގެ ވެރިފަރާތުން، އެ ނަގާފައިނުވާތީ، މިގަވާއިދުގެ 3 ވަނަ މާއްދާއިން މިކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ތިރީގައި ތަފްސީލު ދެވިފައިވާ އެކުސްކަވޭޓަރަކީ ދޫކޮށްލާފައިވާ އެއްޗެއްގެގޮތުގައި މިކައުންސިލުން ކަނޑައަޅާފީމެވެ.

ދޫކޮށްލާފައިވާ ވެހިކަލްގެތަފްސީލް:

ބާވަތް: ހެވީލޯޑް ވެހިކަލް(އެކުސްކަވޭޓަރ)

ބްރޭންޑް: ކޮބެލްކޯ

މޮޑެލް: SK210

ކުލަ: ފެހި

މެޓީރިއަލް: ދަނގަޑު

ބަރުދަން: 21682ކިލޯ

އޮތްތަން: ވ.ފުލިދޫ ޖެޓީ ސަރަޙައްދު، ވ.ފުލިދޫ، ދިވެހިރާއްޖެ.   

ވީމާ، އާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ.

24 ސެޕްޓެންބަރު 2023