ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2015/15
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 17 މާރިޗު 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް (އެޗް. އާރު) ކޮންސަލްޓެންޓް

ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ކޮންސަލްޓަންޓަކު ހޯދުން

ދިވެހި ސިވިލް ސަރވިސްގެ އިންސާނީ ވަސީލަތް ހަރުދަނާކޮށް ލާމަރުކަޒީކުރުމުގެ މަސައްކަތް އަވަސްކުރުމަށް މިހާރު ޢަމަލުކުރަމުންދާ ނިޒާމަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތްކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ކޮންސަލްޓަންޓަކު ހޯދުމަށް ކުރެވުނު މި ކޮމިޝަނުގެ އިދާރާގެ ނަންބަރު 188SHRD/IUL/2015/11 (ތާރީޚު: 08 ފެބުރުވަރީ 2015) އިޢުލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ، އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • މަޤާމުގެ ނަން:        ހިއުމަން ރިސޯސް (އެޗް. އާރު) ކޮންސަލްޓެންޓް
  • ބޭނުންވާ އަދަދު:       01
  • އުޖޫރަ (މަހަކަށް)       -/25،000 (ފަންސަވީސްހާސް ރުފިޔާ)
  • މަސައްކަތުގެ ވަގުތު:     ދުވާލަކު 7 ގަޑިއިރު (މަޤާމަށް އައްޔަންކުރެވޭ ފަރާތަށް ފްލެކްސިބަލް ގަޑިތަކެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެވޭނެއެވެ.)
  • މުއްދަތު:            6 މަސް ދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި،
  • ކުރަންޖެހޭ މަސައްކަތުގެ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ދިރާސާކުރުމުގެ ޤާބިލުކަމާއި މިފަދަ މަސައްކަތް ހިންގުމުގެ ތަޖުރިބާ ހުރުން.

ކުރަންޖެހޭ މަސައްކަތާއި ބެހޭ މަޢުލޫމާތު:

  1. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއާ ގުޅޭ މަސައްކަތްތައް ޑީސެންޓްރަލައިޒްކޮށް، ވަޒީފާއަށް މީހުން ހޮވުމާއި ހަމަޖެއްސުމުގެ މަސައްކަތް އިދާރާތަކާ ހަވާލުކުރުމުގެ މަސައްކަތް ހިންގައި ނިންމުން.
  2. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މެރިޓް އުސޫލުން މީހުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލު ގެނައުން. އަދި މި މަސައްކަތާގުޅޭ ޓޫލްސް، ޗެކްލިސްޓް ތައްޔާރުކުރުން.
  3. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތައް، އެވަޒީފާއަކަށް ޤާބިލުކަން ދެނެގަތުމަށް ބޭނުންވާ އިމްތިޙާނު ދޭނެގޮތާއި އިމްތިޙާނުގައި ހިމަނާނެ ބައިތަކުގެ ހުށަހެޅުމެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހަޅައި ފާސްކުރުން.
  4. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ ޤާބިލު މުވައްޒަފު ހޮވުމަށް އިންޓަވިއު ކުރާނެގޮތުގެ ގައިޑްލައިންއެއް އެކުލަވާލުން.
  5. މެރިޓް އުސޫލުން ދިވެހި ސިވިލް ސަރވިސްއަށް މީހުން ހޯދުމަށް ބޭނުންވާ ސިޔާސަތު އެކުލަވާލުން. އެގޮތުން:
  • މެރިޓް އުސޫލުން ދިވެހި ސިވިލް ސަރވިސްއަށް މީހުން ހޯދުމަށް ބޭނުންވާ ސިޔާސަތު ކަރުދާސް އެކުލަވާލައި ކޮމިޝަނުން ފާސްކުރުން.
  • މެރިޓް އުސޫލުން ދިވެހި ސިވިލް ސަރވިސްއަށް މީހުން ހޯދައި އައްޔަންކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންތައްތައް ޙައްލުކުރެވޭނެ ގޮތްތައް ކޮމިޝަނަށް ހުށަހެޅުން.
  • މެރިޓް އުސޫލުން ދިވެހި ސިވިލް ސަރވިސްއަށް މީހުން ހޯދުމަށް ބޭނުންވާ ޕްރޮސެސްތައް އެކަށައަޅައި ކޮމިޝަނުން ފާސްކުރުން.

މި މަސައްކަތްކުރާނެ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މި ގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ތަޢުލީމީ ފެންވަރު - %20
  • މަސައްކަތުގެ ތަޖުރިބާ -
  • ޤާބިލުކަން ހުރި މިންވަރު (އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް) - %70

މި ކަމަށް އެދޭ، މަތީގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މަސައްކަތް ކޮށްދިނުމަށް އެދި ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަޖުރިބާ ބަޔާންކުރާ ލިޔުންތަކާއެކު ސިޓީއަކުން މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ.

07 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015