ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/421
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 22:29
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔެކިޔުންތަ​އް

(IUL)38-AC/38/2023/421 :ނަންބަރު

އިޢުލާން

ރިޔާސީ އިންތިޚާބު 2023

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތަޢާރަފްކޮށްފައިވާ ޑިޖިޓަލް ލައިސަންސް ކާޑު ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ބޭނުން ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔެކިޔުންތަކަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ދިވެހި ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި ދިވެހިރާއްޖެއިން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑު ކަމުގައިވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

23 ސެޕްޓެންބަރު 2023