ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-DC/38/2023/420
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 24 ސެޕްޓެންބަރު 2023 10:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 (ދެވަނަ ބުރު) - ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

(IUL)38-DC/38/2023/420 :ނަންބަރު

އިޢުލާން

ރިޔާސީ އިންތިޚާބު 2023 (ދެވަނަ ބުރު)

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2023 ސެޕްޓެންބަރު 14 ވީ ބުރާސްފަތި ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު، ރިޔާސީ އިންތިޚާބު 2023 ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމު ކޮށްފީމެވެ. މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2023 ސެޕްޓެންބަރު 23 ވާ ހޮނިހުރު ދުވަހު 14:00 އިން 2023 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އަށެވެ.

 މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.   

މީގެއިތުރުން (VR space IDNO Send to 1414)އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

23 ސެޕްޓެންބަރު 2023