ޢާންމު މަޢުލޫމާތު
ނަންބަރު: No: IU/HB/2023/11
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 30 ސެޕްޓެންބަރު 2023 00:00
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ކޯޗެސް ކޮމިޝަން އަދި ރެފްރީސް ކޮމިޝަން އެކުލަވާލުން

19 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގައި ބޭއްވުނު މި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ 07 ވަނަ ބައްދަލުވުމުގައި މިއެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ 10.1 ވަނަ މާއްދާ އަދި 10.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޗެސް ކޮމިޓީ އަދި ރެފްރީސް ކޮމިޓީއެކުލަވާލުމަށްޓަކައި ބޭއްވޭ އިންތިހާބު 13 އަދި 14 އޮކްޓޯބަރ 2023 ވަނަ ދުވަހު ބޭއްވުމަށްވަނީ ނިންމާފައެވެ. އެހެންކަމުން، މިކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އެސޯސިއޭޝަނަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ކޯޗެސް ކޮމިޓީ އަދި ރެފްރީސް ކޮމިޓީގެ މެމްބަރުންގެ މަގާމަށް ކުރިމަތި ލެއްވޭނީ އަދި ކުރިމަތިލާ ފަރާތްތަކަށް ވޯޓް ދެއްވޭނީ ހޭންޑްބޯލް އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކޯޗުންނާއި ރެފްރީންނަށެވެ. މިމަގާމްތަކަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ނަންބަރ 9879555 ގުޅުއްވުން އެދެމެވެ.

23 ސެޕްޓެންބަރު 2023