ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285/285/2023/46
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:22
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލަބް ނުވަތަ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކަށް ނ.ހެނބަދޫ އިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އާންމުކުރުމާއި ގުޅޭ

 

 

އިޢުލާން

ކުލަބް ނުވަތަ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކަށް ނ.ހެނބަދޫ އިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އާންމުކުރުމާއި ގުޅޭ

            ޤަނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (މ) ގެ ދަށުން ބާރުލިބިގެން، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ އިން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ކުލަބް ނުވަތަ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި އެކި ބޭނުންތަކަށް ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތައް ދޫކުރުމުގައި މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލުން ޢަމަލުކުރާނޭ ގޮތްތަކާއި، ހަމަތައް ބަޔާންކޮށް އެކުލަވާލެވިފައިވާ އުސޫލް މި އިއުލާނާއެކު އާންމުކުރެވިފައި ވާވާހަކަ ދަންނަވަމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                 04 ރަބީޢުލްޢޫލާ 1445

21 ސެޕްޓެމްބަރ 2023

                                     

21 ސެޕްޓެންބަރު 2023