ދިވެހިރާއްޖެ
އިޢުލާން
2023 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކާއިގުޅޭ
2023 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކު ގޮތުގައި ރަށުފެންވަރުގައި ދުވަހާއި ގުޅޭގޮތުން "ކުރެހުމުގެ
މުބާރާތަކާއި، އުކާލެވޭ ތަކެތީގެ މަޢްރަޒެއް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
1 "އުކާލެވޭ ތަކެތީގެ މަޢްރަޒް"މި މަޢްރަޒަކީ އާއްމުކޮށް ރަށުގެ އެންމެނަށް ހުޅުވާލެވިގެން ބާއްވާ މަޢްރަޒެކެވެ. މަޢްރަޒަށް އުފައްދާ ތައްޔާރުކުރާ ތަކެއްޗަކީ
އުކާލެވޭ ތަކެތިން ތައްޔާރުކޮށްފައިވާ ތަކެތިކަމުގައި ވާންވާނެއެވެ.
2 "ކުރެހުމުގެ މުބާރާތް" މި މުބާރާތަކީ ދުވަހާއި ގުޅޭގޮތުން ހަމައެކަނި ސްކޫލް ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ކުރެހުން
ކުރަހާފައި ހުންނަންވާނީ A3 ޕޭޕަރުގައެވެ. ކުރެހުންތައް ކުރަހަންވާނީ " Tourism and Green Investment " އެ ޝިޢާރަށް ފެތޭގޮތަށެވެ. ތަކެތި
ހުށަހަޅާނީ 2023 އޮކްޓޯބަރު 02 ވާ (ހޯމަ) ދުވަހުގެ 13:00 ގެކުރިން ކައުންސިލްގެ އިދާރާއަށެވެ.
މަޢްރަޒްގެ ވަނަތައް:
- ވަނަ -/2000 ރުފިޔާ
- ވަނަ -/1500 ރުފޮޔާ
- ވަނަ- /1000 ރުފިޔާ
ކުރެހުމުގެ މުބާރާތުގެ ވަނަތައް:
- ވަނަ -/1000 ރުފިޔާ
- ވަނަ -/750 ރުފޮޔާ
- ވަނަ -/500 ރުފިޔާ
05 ރަބީޢުލްއައްވަލް 1445
20 ސެޕްޓެންބަރު 2023