ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަންތައް ހުށަހަޅަންޖެހޭ ތާރީހަކީ 22 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 ގައި، މ.ހަޒާރުމާގެ، ފަރީދީމަގު، 5 ވަނަ ފަންގިފިލާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3033410 ނަންބަރު ފޯނަށެވެ. އަދި އީމެއިލުން ނަމަ [email protected]; އަށެވެ.
06 ރަބީޢުލްއައްވަލް 1445
21 ސެޕްޓެންބަރު 2023