ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2023/07
މަޑުއްވަރީ ޕޮލިސް ސްޓޭޝަން ހިންގި "ރައްޔިތުންގެ ހިޔާ" އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ކުރާން ހުރި މަސައްކަތްތައް
- ޢިމާރާތުގައި މިހާރު އޮތް ފުރާޅާއި މަތިވަޑާންގަނޑު ރޫޅައި، ނަގައި ކައުންސިލުން ދައްކާ ތަނެއްގައި ބެހެއްޓުން.
- ޢިމާރާތުގެ ދެކޮޅު (އުތުރާއި ދެކުނު) ފާރު ފުރާޅަށް ތެދުކުރުން.
- ފުރާޅުގެ މަތިވަޑާންގަނޑު ލަކުޑިން ރޭވުން. (މަތިވަޑާންގަނޑު އަޅާނީ އެއް ފުރާޅަށެވެ. ފެން ފަހިކުރާނީ ޢިމާރާތުގެ އިރުމަތީ ފަރާތަށެވެ.)
- މަތިވަޑާންގަނޑުގެ ފައިދޮށް އަޅާނީ ކޮންމެ 30 އިންޗިއަކުންނެވެ. ފައިދޮށް އަޅާނީ 6×2 އިންޗި ލަކުޑިންނެވެ.
- މަތިވަޑާންގަނޑުގެ ފަތި އަޅާނީ ކޮންމެ 2 ފޫޓަކަށް ފަތިގަނޑެއްވާގޮތަށެވެ. ފަތި އަޅާނީ 1.5×2 އިންޗި ލަކުޑި ފަތިންނެވެ.
- ލައިސާޓު މަގުފުޅާ ފެހިކުލައިގެ މޮޅު ޓިނުން ހިޔާކުރުން.
- ފުރާޅުގެ މަތިވަޑާންގަނޑުގެ ދެފައިދޮށް ދޭތެރެ ރާނާ ސިމެންތި ޖެހުން.
- ފުރާޅުގެ އަސްކަނީގައި 03 ފޫޓު ބެހެއްޓުން.
- ފުރާޅުގެ ދެކޮޅާއި ހުޅަނގު ބިތުގައި ތިނބިއެޅުން.
- ޢިމާރާތުގެ ދިގުމިން 15154.00 އެމްއެމް، 49.71ފޓ.
- ޢިމާރާތުގެ ފުޅާމިން 8840.00 އެމްއެމް، 29.00ފޓ.
- ފުރާޅުގައި މިހާރު އޮތް ދިޔަދޮވި ހަރުކޮށް ތިން ދިމާލަކުން ބިމާއި ހަމައަށް ފެން ވައިރުކުރުން.
- ވަށާ ފާރާއި ޢިމާރާތުގެ އެތެރެ އާއި ބޭރުގެ ހުރިހާ ފާރެއްގައި ކުލަލުން. (އެތެރޭގައި ލާނީ އެތެރޭގައި ލުމަށް ޚާއްޞަ މޮޅު ކުލައެވެ. ބޭރުގައި ލާނީ ބޭރުގައި ލުމަށް ޚާއްޞަ ވެދަރބޮންޑް މޮޅު ކުލައެވެ.)
- ޢިމާރާތުގެ ސީލިންގައި ހުދު ކުލަލުން.
- ފާރުތަކުގެ ކުލަތައް A8DF8E / rgb(168, 223, 142)
- ތަނބުތަކުގެ ކުލަތައް F3FDE8 / (243, 253, 232) rgb
- ޢިމާރާތުގެ ތިރީ ފަންގިފިލާގެ ދެ ކޮޓަރީގައި އޭސީ ހަރުކުރުން.
ރަޖިސްޓްރީކުރުން |
2023 އޮކްޓޫބަރު 08 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ރައްޔިތުންގެ ހިޔާ މަރާމާތުކުރުން (google.com) ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 އޮކްޓޫބަރު 08 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"ރައްޔިތުންގެ ހިޔާ މަރާމާތުކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- ޓެކްސް ކްލިއަރެންސް ރިޕޯޓް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %85
- މުއްދަތު
- ތަޖުރިބާ %5
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
- ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ތަޖުރިބާ %5 ، މިބައިގައި ބަލާނީ ވޭތުވެ ދިޔަ 5 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.