ދިވެހިރާއްޖެ
ދިވެހިބަހުގެ އެކެޑަމީގައި ހުރި ބާވެ، ހަލާކުވެފައި ވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ކުރި ނަންބަރު (IUL)430-DBA-I/430/2023/17 އިޢުލާނަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައި ނުވާތީ މި ނީލަން އަލުން ކުރަމެވެ.
މި އޮފީހުގައި ހުރި ބާވެ، ހަލާކުވެފައި ވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ސޯސަންމަގުގައި ހުންނަ މި އޮފީހުގެ (ދިވެހިބަހުގެ އެކެޑަމީ) ބިނާގައި 2023 އޮކްޓޫބަރު 5 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2023 އޮކްޓޫބަރު 4 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ދިވެހިބަހުގެ އެކެޑަމީ ބިނާއަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައި ވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2023 އޮކްޓޫބަރު 5 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް ދިވެހިބަހުގެ އެކެޑަމީ ބިނާއަށް ޙާޒިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ އެ ނީލަން ކާމިޔާބުކުރި ފަރާތުން ނީލަން ކިޔުނު ތަކެތީގެ އަގު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، މި އުސޫލުގައި ވާ ގޮތުގެ މަތިން، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. އަދި ނީލަން ކާމިޔާބުކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.