މަސައްކަތް
ނަންބަރު: (IUL)202-A/1/2015/26
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 09 މާރިޗު 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ ކޮޓަރިއަކަށް ފެން އެޅެން ދިމާވާ މައްސަލަ ބަލައި އެމައްސަލަ ޙައްލުކޮށް، ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ވޯލްޕޭޕަރ ބަދަލުކުރުން
  • ފްރޮސްޓެޑް ސްޓިކަރ ތަތްކުރުން
  • ސީލިންގ ބަދަލުކުރުން
  • ދޮރުފޮތި ބަދަލުކުރުން
  • ކާޕެޓް އެޅުން
  • ހޮޅިބުރިތައް އެނާރޖީ ސޭވިންގ ޑައުންލައިޓަށް ބަދަލުކުރުން

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

07 ޖުމާދަލްއޫލާ 1436     

26 ފެބުރުވަރީ 2015