މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/58
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 12 މާރިޗު 2015 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ށ. މިލަންދޫ ސްކޫލްގެ 4 ބުރި ޢިމާރާތުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު: TES/2015/W-07

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ށ. މިލަންދޫ ސްކޫލްގެ 4 ބުރި ޢިމާރާތުގެ މަސައްކަތް

1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭނުމަށް ށ. މިލަންދޫ ސްކޫލްގެ 4 ބުރި ޢިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.

GC01-1, 2GC01- ، 3 GC01-އަދިGC01-4

3. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 01 މާރިޗު 2015 އިން 12 މާރިޗު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.

4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3349203 , 3349106

ފެކްސް: 3320706 , 3324432

އީމެއިލް: [email protected]

ކޮޕީ: [email protected]

5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/30,000 ރ (ތިރީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 މާރިޗު 15 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2015 މާރިޗު 30 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

25 ފެބުރުވަރީ 2015