ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2023/26
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 04 އޮކްޓޫބަރު 2023 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ފްލައިޓް އޮޕަރޭޝަންސް އޮފިސަރ

މަޤާމް:

ސީނިއަރ ފްލައިޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

ފްލައިޓް އޮޕަރޭޝަންސް ސެކްޝަން

އަސާސީ މުސާރަ:

16,650.00 ރ

ސާވިސް އެލަވަންސް:

4,000.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

7,492.50 ރ

ޖޮބް ސްޕެސިފިކް އެލަވަންސް:

26,000.00 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. ކޮމާޝަލް ޕައިލެޓް ލައިސެންސެއް އޮތުމާއެކު އައިކާއޯ ޤަބޫލުކުރާ ފްލައިޓް އޮޕަރޭޝަންސް ޕްރޮފެޝަނަލް ޓްރެއިނިންގތައް ފުރިހަމަކޮށްފައިވުމާއެކު ޕައިލެޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 9 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް އޮތުމާއެކު އައިކާއޯ ޤަބޫލުކުރާ ފްލައިޓް އޮޕަރޭޝަންސް ޕްރޮފެޝަނަލް ޓްރެއިނިންގތައް ފުރިހަމަކޮށްފައިވުމާއެކު ޕައިލެޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 

ނޯޓް: މި މަގާމަށް މުވައްޒަފުން ހޮވުމުގައި ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިހާނުގައި ދިވެހިން "ސީ" ފާސް ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ސީނިއަރ ފްލައިޓް އޮޕަރޭޝަންސް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ދިވެހިރާއްޖޭގައި ވައިގެދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދަ (އެއާ އޮޕަރޭޓަރސް ސެޓްފިކެޓް) އަދި ޕައިލޮޓުން ތަމްރީން ކުރާ ސްކޫލު ހުއްދަ (ފްލައިން ޓްރޭނިންގ އޮގަނިޒޭޝަން) ދިނުމުގެ ގޮތުން ތިރީގައި ވާ ކަންތައްތައްކުރުން
  3. ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން
  4. ވައިގެދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދައަށްް އެދޭފަރާތުގެ ލިޔެކިޔުންތައް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މުތާލިއާކުރުން
  5. ވައިގެދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންސް ހެދުން
  6. އަދި ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (އެއާ އޮޕަރޭޓަރސް ސެޓްފިކެޓް) ބެލެހެއްޓުން
  7. ބައިނަލްއަޤުވާމީ ވައިގެދަތުރުފަތުރުގެ ޖަމިއްޔާ، އައިކާއޯ އިން ލާޒިމުކުރާ ގޮތުގެ މަތިން، އެއާ އޮޕަރޭޓަރސް ސެޓްފިކެޓް އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޯގަނައިޒޭޝަން ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުން
  8. އެއާ އޮޕަރޭޓަރސް ސެޓްފިކެޓް އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ދެވިފައިވާ ފަރާތްތަކުގެ އޮޕަރޭޝަންސް މެނުއަލް ތަކަށް އަންނަ ބަދަލުތައް މުތާލިއާކުރުމާއި އެބަދަލު ތަކަށް ހުއްދަ ދިނުން
  9. ޕައިލޮޓުން،ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންނާބެހޭ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން އަދި ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (ލައިސެންސް/ސެޓްފިކެޓް/ވެލިޑޭޝަން) ބެލެހެއްޓުން
  10. ޕައިލެޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންގެ މެޑިކަލް އެގްޒެމިނަރުންނަށް ހުއްދަދިނުމުގެ ގޮތުން، ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، ލިޔެކިޔުންތައް މުތާލިއާ ކުރުމާއި، މެޑިކަލްއާއި ގުޅުން ހުރި ކަންކަމުގައި ގޮތެއްނިންމުމުގައި މެޑިކަލް އެގްޒެމިނަރުންނާ ވިލަރެސް ކުރުން
  11. ޤަވައިދު ތަކާއި އެއްގޮތަށް ހުއްދަދީ ބަލަމުން ދާއިރު، އެކަމެއްް ނުވަތަ އެތަނެއް ނުވަތަ އެތަނަކާ ގުޅޭކަމެއް ވަނީ ގަވާއިދާ ޚިލާފަށް ނުވަތަ ސަލާމަތީގޮތުން އެކަށީގެންނުވާ ފެންވަރަކަށް ނުވަތަ ގޮތަކަށް ކަމަށްވާނަމަ، އެތަނެއް ނުވަތަ އެކަމެއް އިޞްލާޙު ކުރުމަށް، ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް، ފިޔަވަޅުއަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން
  12. ދިވެހިރާއްޖޭގައި ދިމާވާ މަދަނީ ވައިގެ އުޅަނދުގެ އެކްސިޑެންޓާއި އިންސިޑެންޓާއި އަދި އޮކަރަންސް، ހިނގަންދިމާވި ސަބަބުތައް ހޯދައި ބެލުމަށްޓަކައި ތަޙްޤީޤުކުރުމުގައި ބައިވެރިވެ އެހީތެރިވުން އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  13. މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެތެރެއިން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ދަށުން، ފްލައިޓް އޮޕަރޭޝަންސް ގެދާއިރާއިން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ މުޢާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވެ އަދި ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން
  14. ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން
  15. ފްލައިޓް އޮޕަރޭޝަންސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން
  16. ދިވެހިރާއްޖޭއާ ބޭރުގެފަރާތްތަކާ ގުޅިގެން ފްލައިޓް އޮޕަރޭޝަންގެ ދާއިރާއިން ހިންގާ މަޝްރޫޢުތަކާ، ޕްރޮގްރާމްތައް ވިލަރެސްކުރުން އަދި ސެކްޝަން ތަރައްޤީ އަށްޓަކައި މަސައްކަތްކުރުން
  17. ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތީން ދިވެހިރާއްޖޭގެ މަދަނީވައިގެދަތުރުފަތުރާބެހޭ ގާނޫނާއި އަދި އޭގެދަށުން ހަދާ ޤަވާއިދު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފްލައިޓް އޮޕަރޭޝަން ސެކްޝަން ގެ މަސައްކަތްތައް ރާވާ ހިންގުން އަދި، ސެކްޝަން ހިންގުމަށް ބޭނުންވާ 'ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް' އެކުލަވާލައި، މުރާޖާކޮށް ބެލެހެއްޓުން
  18. ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް (SMS) އާއިބެހޭ ލިޔެކިޔުންތަކާއި މަރުކަޒުތައް ބަލާ، މުތާލިޔާކޮށް އެޕުރޫވް ކޮށް ބެލެހެއްޓުން
  19. ޑެސިގްނޭޓެޑް ޗެކް ޕައިލޮޓު މެނުއަލްގައި ވާގޮތުގެ މަތިން ޕައިލޮޓުންގެ ޗެކްތައް ހެދުމާއި ހުއްދަ ދިނުން
  20. "ފޮރިންގ އެއާ އޮޕަރޭޓަރ ސަރވައިލަންެސް" ގެ ދަށުން ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުން 
  21. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަރުތުގެ ދެމެހެއްޓެނިވި ތަރައްގީއާ ގުޅުންހުރި އާކަންތައްތަކަށް ހުއްދަދިނުމުގެ ގޮތުން ގަވާއިދުތައް ހެދުމާއި، އެކަމަށް އެދޭފަރާތްތަކަށް ފުރުސަތު ތަނަވަސް ކޮށްދިނުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

4 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
  4. ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  5. 3 މަސްނުވާ ޕޮލިސް ރިޕޯޓް

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
20 ސެޕްޓެންބަރު 2023