ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)447-CS1/1/2015/11
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 12 މާރިޗު 2015 15:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
މަސައްކަތު

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

މަސައްކަތު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް.އެސް 1 / ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

އޮޕަރޭޝަން ސެކްޝަން/  ޕަބްލިކް ވަރކްސް ސަރވިސަސް / ލ.ފޮނަދޫ ސައިޓް

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/3,100ރ.

ސަރވިސް އެލަވަންސް: -/1,000ރ.

 (އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)

ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސައިޓްގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރުން.
  • ސައިޓްގައި ކުރާ ސިމެންތީގެ މަސައްކަތްތަކާއި، ގައު ޖެއްސުމާއި، ރިވެޓްމަންޓްގެ މަސައްކަތްތަކާއި، ބަނދަރުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
  • ސުޕަވައިޒަރުގެ ލަފާގެމަތިން ސައިޓްގައި ކުރާ މެކޭނިކަލް، ވެލްޑިންގ އަދި ކާޕެންޓްރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުކުރުމުގެ ގޮތުން، ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލައި ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން.
  • ސައިޓްގައި ގެންގުޅޭ ވެހިކަލްތަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ޓެކްނީޝަނުން މަސައްކަތްކުރަމުންދާ ވަގުތުތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ސުޕަވައިޒަރުގެ ލަފާގެމަތިން ވެހިކަލްތަކަށް މުދާ އަރުވާ ބޭލުމާއި، މަސައްކަތަށް ބޭނުންވާ ސާމާނު އެއްތަނުން އަނެއްތަނަށް ގެންދިއުން.
  • ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއިއެކު ރަނގަޅަށް ބެލެހެއްޓުން.
  • މަސައްކަތްކުރާ ވަގުތުގައާއި މަސައްކަތް ހިނގަމުންދާ ތަނުގައި ހޭދަކުރާ ވަގުތުތަކުގައި ތިމާއަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެން އަދި އޮފީހުގެ މުދަލާއި ތަނަށް ގެއްލުމެއް ނުވާނެގޮތުގެ މަތިން ސަމާލުވެގެން މަސައްކަތްކުރުން.
  • މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންދިއުމަށްޓަކައި ސުޕަވައިޒަރު އަންގާ ގޮތެއްގެމަތިން ޑިއުޓީ އުސޫލުން މަސައްކަތްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ ހީވާގި މީހެއްކަމުގައިވުން.
  • މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ) ، ލ. ފޮނަދޫ ސައިޓް ނުވަތަ ލ. އަތޮޅު ކައުންސިލް އިދާރާއަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ފެބުރުވަރީ- މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައި މިސަރވިސަސްގެ ފޮނަދޫ ސައިޓް ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުން، ޕަބްލިކް ވަރކްސް ސަރވިސަސްގެ ލ. ފޮނަދޫ ސައިޓުން އަދި ލ. އަތޮޅު ކައުންސިލް އިދަރާއިންނެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

07 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015