ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312-PN/312/2023/75
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 03 ސެޕްޓެންބަރު 2023 00:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ކިނޮޅަހު ކުނި އަޅާސަރަޙައްދުގައިވާ ފަނާނުވާޒާތުގެކުނި ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުން

ރ. ކިނޮޅަހު ކުނި އަޅާސަރަޙައްދުގައިވާ ފަނާނުވާޒާތުގެކުނި ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

        ކުންފުންޏެއްގެ ފަރާތުން ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލްކުރަނީ ކޮންފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އެއްފަރާތަށްވުރެ ގިނަފާރާތެއް ތަމްޞީލެއް ނުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުންގަންނަވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ : 4000312 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.

       މިހެންވެ، މިކަން އާންމުކޮށްއަންގައި އިޢުލާން ކުރީމެވެ.

20 ސެޕްޓެންބަރު 2023