ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2023/51
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 24 ސެޕްޓެންބަރު 2023 10:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިންކް ރިބަން ރަން/ވޯކް 2023

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގައި ކެންސަރާއި ބެހޭގޮތުން އެންމެހާ މަސައްކަތްތައް ކުރަމުންދާ ޖަމްޢިއްޔާއެކެވެ. ކެންސަރ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.

އޮކްޓޯބަރ މަހަކީ މުޅި ދުނިޔޭގައިވެސް އުރަމަތީ ކެންސަރ ހޭލުންތެރިކުރުމަށް ފާހަގަކުރާ މަހެކެވެ. ތަފާތު ކެންސަރުތަކަށް ތަފާތު ކުލަތަށް ޙާއްޞަ ކުރެވިފައިވާއިރު، އުރަމަތީ ކެންސަރަށް ޚާއްޞަކުރެވިފައިވަނީ ފިޔާތޮށި ރިބަންއެވެ. މި ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް އޮކްޓޯބަރުމަހު އުރަމަތީ ކެންސަރަށް ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން  "ޕިންކް ރިބަން ރަން/ވޯކް" މިނަމުގައި ޚާއްސަ ހަރަކާތެއް ބޭއްވެއެވެ. މިގޮތުން މިއަހަރުގައި މި ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރ 2023 ވާ ހޮނިހިރު ދުވަހުގެ 16:00 ގައެވެ.

މި ރަން/ވޯކް ގައި ބައިވެރިވެލައްވާ ހުރިހާ ބޭފުޅުން ޕިންކް ރިބަން ރަން/ވޯކް ބިބް ތުރުކުރެއްވުމަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވަރަށް ބޮޑު އެދުމެކެވެ. ކޮންމެ ބިބް އެއް ވިއްކާ އަގަކީ 50/-ރ އެވެ. އަދި ހާއްސަ ބިބްތަށް ވަކި ފަރާތަކަށް ޙާއްސަކޮށްގެން ހައްދަން ބޭނުންފުޅުވެލައްވާނަމަ އެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އެ ބިބްގެ އަގަކީ 75/-ރ އެވެ. މި ބިބް ގަނެގެން ލިބޭ ފައިސާ އަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ޗެރިޓީ ފަންޑަށް ލިބިގެންދާ ފައިސާއެކެވެ.

އެހެންކަމުން، މި ރަން/ވޯކް ގައި ބައިވެލައްވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުން 24 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ކައުންސިލްއަށް އަންގަވައިދެއްވުން އެދެމެވެ. މިކަމާއި ގުޅިގެން ނަންނޯޓް ކުރެއްވުމަށް  މެސެޖް ކުރައްވާނީ ކައުންސިލްގެ ކައުންސިލް އޮފިސަރ މަރްޔަމް މާޝާ މުޙައްމަދު 7968434 ނަންބަރ އާއިއެވެ. މި އިވެންޓްގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެޑައިގެންނެވުމަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަދި މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

20 ސެޕްޓެންބަރު 2023