ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2023/57
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 02 އޮކްޓޫބަރު 2023 00:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު ކާބޯތަކެތީގެ މައުރަޒު ބޭއްވުމާއި ގުޅޭ:

މި އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 2023 އޮކްޓޯބަރު 16 ވަނަ ދުވަހު އަތޮޅު ފެންވަރުގައި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ މިކައުންސިލާއި ގުޅިގެން ކާބޯތަކެތީގެ މައުރަޒު އިންތިޒާމުކޮށް ބޭއްވުމަށް ޝައުގުވެރިވެލައްވާ މި އަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ކޮމެޓީތަކުން 2023 އޮކްޓޯބަރު 02 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. މައުރަޒު ހޯސްޓް ކުރާނެ ފަރާތެއް ކަނޑައަޅާނީ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން މި ކައުންސިލްގެ ކޮމެޓީ އަކުންބަލާ އެކޮމެޓީން ނިންމާ ގޮތެއްގެ މަތިންނެވެ. ލާމަސީލުލާމު ކާބޯތަކެތީގެ މައުރަޒު ހޯސްޓް ކުރުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއެކު އާންމުކުރީމެވެ.   

20 ސެޕްޓެންބަރު 2023