ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2023/56
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 04 އޮކްޓޫބަރު 2023 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގެ ކުލަބު / ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

އަތޮޅުގެ ކުލަބު / ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)240-PMD/240/2023/52 (10 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން މާލީ އެހީތެރިކަމަށް އެދި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވެފައި، އެ ފަރާތުން ހުށަހެޅި ފޯމުގައި މި އަހަރަށް މާލީ އެހީ ދިނުމަށް ކަނޑައަޅާފައިވާ ދާއިރާއާއި ގުޅުމެއްނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މާލީ އެހީގެ ގޮތުގައި މިއަހަރު ކުލަބް / ޖަމްޢިއްޔާ  ތަކަށް ދޫކުރުމަށް ހަމަޖެހެހިފައިވަނީ ޖުމްލަ -/100,000ރ (އެއްލައްކަ ރުފިޔާ) އެވެ. މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މުޖުތަމައަށް ފައިދާވާގޮތަށް ކުލަބް / ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށެއެވެ. މިއަހަރު އެހީދިނުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ 2 ކުލަބް ޖަމްޢިއްޔާއަކަށެވެ. މިގޮތުން ޖަމްޢިއްޔާއަކަށް ދެވޭނީ ގިނަވެގެން /-50،000ރ (ފަންސާސް ހާސް ރުފިޔާ)އެވެ.  

ވީމާ، މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ ކުލަބް / ޖަމްޢިއްޔާތަކުން "ކުލަބް / ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ހޯދުމަށް ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުމާއި އެކު 2023 އޮކްޓޯބަރު 02 ވަނަ ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއި، އެހީ ދިނުމުގެ އުސޫލު މި އިޢުލާނާއެކު އާންމުކުރީމެވެ.

20 ސެޕްޓެންބަރު 2023