ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426/426/2023/397
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:03
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ގޯތިތަކުގެ ވެރިފަރާތްތަކުން އެފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ގޯތިތައް ސާފުކުރުމަށް އިލްތިމާސް ކުރުން

އިޢުލާން

މަރަދޫގެ ވެށި ސާފުކޮށް ބޭއްވުމަކީ މިރަށުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ޒިންމާއެއްކަން ޤަބޫލުކޮށް ރަށުގެ ވެށި ސާފުކޮށް ބޭއްވުމަށްޓަކައި ރަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން މިކަމަށް އެއްބާރުލެއްވުން ދެއްވުމަށް އިލްތިމާސްކުރަމެވެ. މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ގިނަވެފައިވާއިރު ރަށުތެރެ ސާފުކޮށް އަދި މަދިރިއުފެދޭ ގޮތަށް ހުންނަ ތަންތަން ސާފުކޮށް ބޭއްވުމަކީ މިފަދަ ބަލިތައް ޖެހޭ މިންވަރު ދަށްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި އައްޑޫގައި އެއްވެސް ކޮންޓްރޯލެއް ނެތި އާލާވެ ގިނަވަމުންދާ ރޭލުފަނި މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްވެސް މެއެވެ. 

ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގައިވާ ގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައި ހުންނަ ގޯއްޗާއި އެ ގޯއްޗާއި ގުޅިފައި ހުންނަ މަގުތައް ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމަކީ އެ ގޯއްޗެއްގެ ވެރިފަރާތް ނުވަތަ ގޯއްޗާއި ހަވާލުވެގެން ހުންނަ ފަރާތުން ކުރައްވަންޖެހޭ ކަމެކެވެ. 

އެހެންކަމުން ރަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުންވެސް ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެއްބާރުލުންދެއްވާ، ގޯތިތަކުގެ ވެރިފަރާތްތަކުން އެފަރާތްތަކުގެ ބެލެހެއްޓުމުގެ ދަށުގައިވާ ގޯތިތައް ސާފުކޮށް، މަރަދޫގެ ވެށްޓަކީ ސާފު ރީތި ވެށްޓަކަށް ހެދުމަށް ފަރުދީގޮތުން މަސައްކަތްކޮށް ދެއްވުން އެދި އިލްތިމާސް ކުރަމެވެ. 

04 ރަބީޢުލްއައްވަލް  1445

19 ސެޕްޓެމްބަރ  2023

19 ސެޕްޓެންބަރު 2023