ތަމްރީނު
ނަންބަރު: (IUL)160-AS/1/2023/38
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 02 އޮކްޓޫބަރު 2023 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ރ.އުނގޫފާރު އިސްލާމިކް ސެންޓަރުގައި، 2023 ދެވަނަ ސެމިސްޓަރގެ ކޯސްތައް ފެށުމަށް

 

އިޢުލާން

 

    ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ރ.އުނގޫފާރު އިސްލާމިކް ސެންޓަރުގައި، 2023 ދެވަނަ ސެމިސްޓަރގެ ކޯސްތައް ފެށުމަށް 14 އޮގަސްޓް 2023 ގައި ކުރެވިފައިވާ ނަންބަރ (IUL)160-AS/1/2023/31 އިޢުލާނަށް އެކަށީގެންވާ އަދަދަށް ދަރިވަރުން ކުރިމަތިލާފައި ނުވާތީ،  ތިރީގައި މިދަންނަވާ ކޯސް ފެށުމަށް އަލުން އިޢުލާން ކުރަމެވެ.

 

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:      30 ޖާގަ

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 21 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ އުނގޫފާރު ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 02 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ރ.އުނގޫފާރު އިސްލާމިކް ސެންޓަރ އަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކުގެ ދަރިވަރުންނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

 

 

20 ސެޕްޓެންބަރު 2023