މުބާރާތް
ނަންބަރު: (IUL)268/2023/38
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 31 އޮކްޓޫބަރު 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2023" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

މި އިދާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2023" މި އަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން، އެއްކަރުދާސް ކުރެވިފައިވާ އެޕްލިކޭޝަން ފޯމް، ޓީމްލިސްޓް އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް، ތިރީގައި ދެންނެވިފައިވާ ތާރީޚްގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމްތައް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު މުބާރާތުގެ ޤަވާއިދާއި ފޯމުތައް އާއްމުކުރެވިފައިވާނެއެވެ.

މުބާރާތުގެ ރަޖިސްޓަރޭޝަން ފޯމު ހުށަހަޅަންޖެހޭ ސުންގަޑި

31އޮކްޓޯބަރ 2023 (13:00)

ޓީމް ލިސްޓް ހުށަހަޅަންޖެހޭ ސުންގަޑި

15ނޮވެމްބަރ 2023 (13:00)

މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޚް

22 ޑިސެމްބަރ 2023

އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް

[email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

6520042 އާ ގުޅުއްވުން އެދެން

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ސެޕްޓެންބަރު 2023