މުބާރާތް
ނަންބަރު: (IUL)266-SECE/266/2023/214
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 30 ސެޕްޓެންބަރު 2023 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވިގެން "ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ މުބާރާތް، 2023 ނޮވެމްބަރ މަހަށް ފަސްކުރެވިފައިވާތީ އިތުރު ޓީމްތައް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިން ވަނީ ނިންމާފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 30 ސެޕްޓެންބަރު 2023 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ޓީމް ލިސްޓާއެކު މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު  https://forms.gle/iXehuHqha8vdShju8  މެދުވެރިކޮށް ލިބިލައްވާނެ ވާހަކަ ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފޯމް ހުށައަޅާ ތަރުތީބުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރައްވާ 8 ޓީމް އަށް ކަމުގައި ދަންނަވަމެވެ. އަދި ކުރިން ރަޖިސްޓްރީވެ ޓީމް ލިސްޓް ހުށައަޅާފައިވާ ޓީމްތައް އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

މުބާރާތުގެ ޤަވާއިދު މި އިއުލާނާއެކު ހިއްސާކުރެވިފައި ވާނެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527122 ނުވަތަ 6527131 އަށް ގުޅުއްވުން އެދެމެވެ.

19 ސެޕްޓެންބަރު 2023