މުބާރާތް
ނަންބަރު: (IUL)232-AA/232/2023/22
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 04 އޮކްޓޫބަރު 2023 13:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލުގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތް 2023

އިޢުލާން

މާލެއަތޮޅު އަތޮޅު ކައުންސިލުގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތް 2023

  " މާލެއަތޮޅު އަތޮޅު ކައުންސިލްގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތް 2023" ބާއްވާ ތާރީޚަށް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ނޮވެމްބަރ 22 އިން 2023 ޑިސެމްބަރ 3 އަށް ކ. ތުލުސްދޫގައެވެ.

ވީމާ، މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މިއަތޮޅުގެ ކައުންސިލްތަކުން 2023 އޮކްޓޫބަރ 4 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވާ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ޓީމުލިސްޓާއި އެކު ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުންތައް 22 އޮކްޓޫބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ޓީމްލިސްޓް ހުށަހަޅާ ފޯމާއި، މުބާރާތުގެ ޤަވާޢިދު ރަށުކައުންސިލްތަކުންނާއި މިއިދާރާއިން ލިބެން ހުންނާނެއެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

19 ސެޕްޓެންބަރު 2023