ބީލަން
ނަންބަރު: (IUL)324/324/2023/30
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 25 ސެޕްޓެންބަރު 2023 13:30
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ފެހެންދޫ ،އުސްމާނީހިޔާގެ ގޯތީގައި 2 ކޮޓަރީގެ އެޕާރޓްމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

ބީލަން ހުށައެޅުމުގެ ދަޢުވަތު:

 

     ބ.ފެހެންދޫ ،އުސްމާނީހިޔާގެ ގޯތީގައި 2 ކޮޓަރީގެ އެޕާރޓްމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 20 ޖުލައި 2023 ގައި ކުރެވުނު މިއިދާރާގެ ނަންބަރ (IUL)324/324/2023/28 އިއުލާނާއި ގުޅިގެން،ބީލަން ހުށައަޅާފައިވަނީ 2 ދެފަރާތުންކަމާއި، ހުށައަޅާފައިވާ  ބީލަންތަކުގެ ތެރޭގައި ޝަރުޠު ފުރިހަމަވާ ބީލަމެއް ހުށައަޅާފައި ނުވާތީ،އެއިއުލާނާ ގުޅިގެން ހުށައަޅާފައިވާ ބީލަންތައް ބާޠިލްކޮށް އަލުން ދެވަނަ ފަހަރަށް މަތީގައި ބަޔާން ކޮށްފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ފޯމުފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ މައުލޫމާތުޝީޓާއި، އަންދާސީ ހިސާބު ހުށައަޅާ ފޯމްސެޓް މި އިދާރާއިން ލިބެން ހުންނާނެއެވެ.  މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

 

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް މިއިދާރާއަށް ވަޑައިގެން، ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް  [email protected] އަށް ރިކުއެސްޓްކޮށް ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލާއެކު (ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި،ޑީކާޑު ނަންބަރ، ވިޔަފާރި / ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ( އިޢުލާން ނަންބަރާއެކު މެއިލްކޮށްދިނުން އެދެމެވެ.

 

ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2023 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 13:30  ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑު ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 18/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި ،އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 

ޕްރީ ބިޑް ބައްދަލްވުން:

 މި ބިޑާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 11:30 ގައި ފެހެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލު ވުމަށް އައުން ލާޒިމެއްނޫނެވެ. ނަމަވެސް މި ބައްދަލުވުމަށް އައުމަކީ އެދިވިގެންވާ ކަމެކެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން:

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 2023 އޮކްޓޯބަރ 03 ވާ އަންގާރަދުވަހުގެ  10.30 ގައި މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށައަޅުއްވާ ދުވަހުގެ އެހުށައެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އެގަޑީގައެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ، ޙާޟިރުވާ ފަރާތުގެ އައި ޑީ ކާޑު ކޮޕީއާއި، ވެރިފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީ މެއިލް އެޑްރެސް: [email protected]

 

ފޯނު ނަންބަރ : 6600058

 

ނޯޓް

  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

19 ސެޕްޓެންބަރު 2023