ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2023/103
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:40
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންފާރު ރޭނުމާއި ނެގުމާއި ގުޅޭ

                 

އިޢުލާން

 

 މިއިދާރާގެ ހުއްދަނެތި އިންފާރު ރޭނުމާއި ތެޅުން ބައެއް ފަރާތްތަކުން ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ވީމާ، ގޯއްޗެއް ނުވަތަ ބިމެއްގެ އެއްވެސް އިންފާރު ރާނައި، ރާނާފައިވާ ފާރެއް ނުވަތަ ފުޅަފެއް ނަގަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އިންފާރެއް ތަޅާލަންވާނީ ކައުންސިލުގެ ހުއްދައާއެކު އެތަނެއްގައި ބެހެއްޓިފައި ހުންނަ ކަރަންޓް ފޮއްޓާއި ޓެލެފޯން އަދި އެނޫންވެސް ޢާއްމުކޮށް ޚިދުމަތް ދިނުމަށް ފާރުގައި ހަރުކުރެވިފައިވާ އެއްޗެއް ބެހެއްޓިފައިވާނަމަ، އެއެއްޗެއް ނިސްބަތްވާ ފަރާތެއްގެ ހުއްދަހޯދައި އެތަކެއްޗަށް ގެއްލުން ނުވާނެ ގޮތެއްގެ މަތީންނެވެ.

                 އެގޮތުން ހުއްދަނެތި  މިކަންކަންކުރާ ފަރާތްކަށް ޤަވާޢިދު ނަންބަރު 2014/R-233 (މަގު ފާރު އަދި އިންފާރު ތަޅާލުމާ ބެހޭ ގަވާއިދު) ގެ ދަށުން ޖޫރިމަނާކޮށް ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމަވެ.  ވީމާ، މިކަން  ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

            04 ރަބީޢުލްއައްވަލް   1445

              19 ސެޕްޓެމްބަރ    2023  

19 ސެޕްޓެންބަރު 2023