ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިމާރާތްކުރާ އެކޮމޮޑޭޝަން ބްލޮކް ޑިޒައިންކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ނ.ވެލިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ތަރައްޤީކުރަން ބޭނުންވާ 3 (ތިނެއް) ފަންގިފިލާގެ އިމާރާތެއް ހެދުމަށްޓަކައި އާކިޓެކްޗަރަލް ޑިޒައިން، ސްޓްރަކްޗަރަލް ޑިޒައިން، ސާވިސް ޑްރޯވިންގ އަދި ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. އެގޮތުން މިއިދާރާއިން25 އޯގަސްޓް 2023ގައި ކުރެވުނު ނަމްބަރ (IUL)297-SM/297/2023/105 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދެއްވާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެއިޢުލާން ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
ހޯމަ |
25 ސެޕްޓެމްބަރ 2023 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
އަންގާރަ |
10 އޮކްޓޯބަރ 2023 |
11:00 |
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
70% |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
20% |
|
(Submitted years of experience / Benchmark years) x Allocated Percentage |
މުއްދަތު |
10% |
|
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.