ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހިންގާ 'އެޗްސީއެފްސީ ފޭސް އައުޓް މެނޭޖްމަންޓް ޕްރޮޖެކްޓް' ހިންގުމުގައި ޕްރެކްޓިކަލް ސެޝަންތައް ނަންގަވައިދެއްވައި ޓެކްނިކަލް އެޑްވައިޒް ދެއްވާނެ 'މާސްޓަރ ޓްރެއިނަރ' ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާނެ/ތަމްރީނުވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމުން އިންތިޒާމުކޮށްގެން މިއަހަރުގެ މާރިޗުމަހު "މާސްޓަރ ޓްރެއިނަރ ވަރކްޝޮޕް"ގެ ނަމުގައި ވަރކްޝޮޕެއް ތައިލެންޑްގެ ބެންގކޮކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޓްރެއިނިންގގެ ސަބަބުން ނެޝަނަލް އޯޒޯން ޔުނިޓުން އިންތިޒާމުކޮށްގެން ސަރވިސް ސެކްޓަރއަށް އަމާޒުކޮށްގެން ބާއްވާ އެކި ޓްރެއިނިންގތަކުގައި އެހީތެރިވެދިނުމަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން ތަމްރީނުވެގެންދާނެއެވެ. މި ޓްރެއިނިންގގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ނަމާއި، މަސައްކަތްކުރައްވާ ތަން އަދި ގުޅޭނެ ނަންބަރެއް 5 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ހަމަވާ ފަރާތްތަކުން 5 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 10:00 ގައި ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ (ރެފްރިޖަރޭޝަން އަދި އެއަރކޮންޑިޝަނިންގ ދާއިރާއިން ކިޔަވައިދެއްވުމާއި ޕްރެކްޓިކަލް ސެޝަންތައް) އާއި، ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮކިޔުމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފޯން: 3018342
ފެކްސް: 3018301
އީމެއިލް: procurement @environment.gov.mv
ވެބްސައިޓް: www.environment.gov.mv