ނީލަން
ނަންބަރު: (IUL)234-B/234/2015/13
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 12 މާރިޗު 2015 09:00
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'އަޒުމް' ދޯނި ނީލަމުގައި ވިއްކާލުން

އދ.އަތޮޅު ކައުންސިލް އިދާރާގެ " އަޒުމް" ދޯނި ސިޓީލައި ނީލަމުގައި ވިއްކާލުން

މިއިދާރާގައި ބޭނުންކުރަމުންގެންދާ އަތޮޅުދޯނި "އަޒުމް" ރަޖިސްޓަރީ ނަންބަރު G6279A-02-04-I ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

މި ނީލަން ފެށޭ އަގަކީ -/700،000 ރުފިޔާ (ހަތްލައްކަ ރުފިޔާ) އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/10،000 ރުފިޔާ (ދިހަހާސް ރުފިޔާ) އެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނަމަވެސް، ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާނަމަ ހުޅުވާލެވޭ ތާރީޚުން ފެށިގެން ބަންދުނޫން 14 ދުވަހު މިއިޢުލާނަށް އަގު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2015 މާރިޗު 12 ވާ ބުރާސްފަތިދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއިން ކަނޑައަޅާފައިވާ ފޯމުގައެވެ. މިފޯމު އަދި އުޅަނދާބެހޭ މަޢުލޫމާތާއި ފޮޓޯ މިއިދާރާއިންނާއި އަދި މިއިދާރާގެ ވެބްސައިޓް www.adh.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމު ރަސްމީދުވަހު މެންދުރުފަހުގެ 13:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީޢާއިންވެސް ހުށަހެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6680522 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މިއިދާރާގެ 6680507، 6680039 މިނަންބަރު ފޯނާއެވެ.

4 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015