ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2023/167
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 25 ސެޕްޓެންބަރު 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް

ގްރޭޑް:

04

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,552.92ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

 

 

އިނާޔަޔްތައް:         

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް، އަހަރަކަށް 250،000 ރުފިޔާ އާހަމައަށް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:             

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:   

 

  1. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އޮފީހުން ފޮނުވަންޖެހޭ ސިޓީތަކާއި، ލިޔުންތަކާއި މެމޯ ލިޔެ ފޮނުވުން.
  2. ފެކަލްޓީއަށް ލިބޭ އަދި ފޮނުވާ މެމޯ އާއި ސިޓީ އަދި ފައިލް ކުރަންޖެހޭ އެހެނިހެން ޑޮކިއުމަންޓްތައް ޤަވާއިދުން މަދުވެގެން މަހަކު އެއްފަހަރު ފައިލްކޮށް ބެލެހެއްޓުން. 
  3. ހަވާލުވާ ކޮންމެ އެކަޑަމިކް ޑިޕާރޓްމަންޓަކާއި ގުޅިގެން އަންނަނިވި ކަންކަން ބެލެހެއްޓުން:
  • ޑިޕާރޓްމަންޓްއިން ރާވާ އިންތިޒާމްކުރާ ކަންކަމާއި ގުޅިގެން އިންޓްރާނެޓް މެދުވެރިކޮށް ކުލާސްރޫމްތަކާއި އެހެނިހެން ތަންތަން ބުކްކުރުން.
  • ހަވާލްވެފައިވާ ޑިޕާރޓްމަންޓްތަކުގެ މުވައްޒަފުންނަށް ހިންގޭ ޓްރެއިނިންގ އަދި ވޯރްކުޝޮޕްތަކުގެ އިދާރީ މަސައްކަތްކުރުން.
  • ސިޓީ، ނޯޓް، މެމޯ ފަދަ ލިޔުން ތައްޔާރުކުރުން.
  • ފޮޓޯ ކޮޕީ ހެދުން.
  • ބޭނުންޖެހިއްޖެ ނަމަ ކިޔަވައިދޭން ބޭނުންކުރާ މެޓީރިއަލް ސްކޭން/ބައިންޑް ކުރުން. 
  • ދަރިވަރުންނާ ގުޅުން/ އެސް.އެމް. އެސް ކުރުން.
  • ޕޭޕާރ ޕްރިންޓް ކުރުމާއި އިންވިޖިލޭޝަން ހެދުން
  • ކުއްލިއަކަށް ދިމާވާ ކަންކަމުގައި ކޯސްކޯޑިނޭޓަރަށް އެހީތެރިވުން.

   4. ޕާރޓްޓައިމް ލެކްޗަރައިން ސެލެކްޝަނާއި އެގްރިމެންޓް ތައްޔާރުކުރުމާއި އެގުރިމެންޓްތައް ފައިލްކޮށް ރިކޯޑް ބެލެހެއްޓުން.

  • އިއުލާނުކުރަންޖެހޭ މާއްދާތައް ޑިޕާރޓްމަންޓްތަކުން ހޯދާ އިއުލާނުކުރުމަށް ފޮނުވުން.
  • ޕާރޓްޓައިމް ލެކްޗަރާއިންނަށް އިއުލާންކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ލިސްޓްކޮށް ތައްޔާރުކުރެވިފައވާ ފޯރމެޓްގައި ކަމާ ގުޅުންހުރި ޑިޕާރޓްމަންޓްތަކާއި ހިއްސާކޮށް ސެލެކްޝަން ހެދުން.
  • ސެލެކްޓްވެ އެގްރިމެންޓް ހަދާ ލެކްޗަރާއިންގެ މައުލޫމާތު ތައްޔާރުކުރެވިފައިވާ ފޯރމެޓްގައި އެކުސަލްގައި ސެމިސްޓަރތައް ވަކިން އެގޭނޭހެން ވަކިކޮށް ބެލެހެއްޓުން
  • ސެލެކްޝަން ނިމި، އެގްރިމެންޓް ހަދަމުންދާ ވަރަކުން ޕާރޓްޓައިމް ލެކްޗަރާއިންގެ މައުލޫމާތުތައް ރިކޯޑްޝީޓާއި ޕޭމަންޓްހަދާ މުވައްޒަފާއި ހިއްސާކުރަމުންގެންދިއުން.

   5. ޔުނިވާރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައެޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުންދީ މަސައްކަތްކުރުން.

   6. ކޮންމެ ސެމިސްޓަރއެއްގައި، އެ ސެމިސްޓަރ އެއްގައި ކިޔަވައިދޭ މާއްދާ ތަކުގެ ސަބުޖެކްޓް އިވެލުއޭޝަންގެ މަސައްކަތް ނިންމައި      ޑީން އާއި ހިއްސާކުރުން.

   7. ފެކަލްޓީ އިން ބައިވެރިވާ އެކި އެކު އިވެންޓްތަކުގައި އިދާރީ ގޮތުން އެހީތެރިކަން ބޭނުންވެއްޖެ ހިދެއްގައި އެކަމެއްގައި އަމަލީގޮތުން      ބައިވެރިވުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2023 ސެޕްޓެންބަރު 25 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2023-167

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:      

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
19 ސެޕްޓެންބަރު 2023