ދިވެހިރާއްޖެ
މި ރަށުގެ ބަނދަރު ސަރަހައްދުން ހޮޓާ/ ރެސްޓޯރަންޓް ހިންގުމަށް ބިމެއް 15 އަހަރުގެ މުއްދަތަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ބައްލަވައި ގަތުމަށްފަހު 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ވިއްކާ އަގަކީ -/2,000ރ (ދެހާސް ރުފިޔާ) އެވެ. ބީލަން ކަރުދާސް ލިބިވަޑައި ގަންނަވާނީ 2023 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 12 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ.
ބީލަން ކަރުދާސް ވިއްކުން |
24 ސެޕްޓެންބަރު 2023 އިން 12 އޮކްޓޫބަރު 2023 އަށް |
ޕްރީ-ބިޑް ބައްދަލުވުން |
2023 އޮކްޓޫބަރު 19 ވަނަ ދުވަހު 13:00 ގައި. |
ބީލަން ހުޅުވުން |
2023 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 13:00 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.
މިކަމަށް ދޫކުރާ ބިން އެނގޭނެ ޗާޓެއް މި އިއުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6820007 ފޯނަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.