ދެންނެވުން
ނަންބަރު: 427-LCM/CIR/2015/4
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:41
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަރކިއުލަރ
މީޑިއާނެޓްގެ ނެޓްވާރކްގައި ލޯކަލް ޗެނަލްތައް ރައިޑް ކުރުމަށް ނަގަމުންދާ ފީ ފާސްކުރުން
މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ކ.އަތޮޅު އަދި ސ.އަތޮޅު ސަރަޙައްދުގައި ހިމެނޭ ނެޓްވާރކްގައި ލޯކަލް ޗެނަލްތައް ރައިޑް ކުރުމަށް -/4ރ (ހަތަރު ރުފިޔާ) އެއީ އެކަށީގެންވާ އަގެއް ކަމުގައި އަންނަނިވި ޝަރުޠުތަކާއެކު ކޮމިޝަނުން ވަނީ 24 ސެޕްޓެންބަރު 2014ވަނަ ދުވަހު ފާސްކޮށްފައެވެ.
- ކޮންމެ ހަތަރު މަހުން އެއްމަހު މީޑިޔާނެޓްގެ ޚިދުމަތް ދެމުންދާ ސަރަޙައްދުތަކުގައި ހިމެނޭ ކަނެކްޝަންތަކުގެ އަދަދު ކޮމިޝަނަށް ލިޔުމުން އެންގުން.
- މީޑިޔާ ނެޓްގެ ކަނެކްޝަންތަކުގެ އަދަދަކީ ޢާންމު ފަރާތްތަކަށް ސަރަޙައްދުތައް ވަކިން އެނގޭނޭހެން ޝާއިޢު ކުރެވިފައިވާ މަޢުލޫމާތެއް ކަމުގައިވުން.
- ލައިސަންސް ދީފައިވާ ކޮންމެ ސަރަޙައްދަކަށް ވަކިން ރައިޑްކުރުމުގެ ފުރުޞަތު ބްރޯޑްކާސްޓަރުންނަށް އޮތުން
ވީމާ، މިކަން ހުރިހާ ބްރޯޑްކާސްޓަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
04 ޖުމާދަލްއޫލާ 1436
23 ފެބުރުވަރީ 2015