ޢާންމު މަޢުލޫމާތު
ނަންބަރު: MHCL/IUL/2015/14
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 05 މާރިޗު 2015 13:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޢުމްރާ ދަތުރަށް ރަޖިސްޓަރީކުރުމުގެ މުއްދަތު އިތުރުކުރުން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ 1436 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢުމްރާއާ ގުޅިގެން ޢާންމު ފަރާތްތަކުގެ އެދުމުގެ މަތިންނާއި، ރާއްޖޭގެ އެކިކަންކޮޅުތަކުން ޢުމްރާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން ޢުމްރާ ދަތުރަށް ރަޖިސްޓަރީކުރުމުގެ މުއްދަތު 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ އަންގައި އިޢުލާން ކުރަމެވެ.

ފޯމާއި ފައިސާ ބަލައިގަތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:15 އިން ފެށިގެން މެންދުރުފަހުގެ 13:00 ގެ ނިޔަލަށް ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3011000 އަށް ގުޅުއްވުން އެދެމެވެ.

04 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015