ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)230-AHI/230/2023/43
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 25 ސެޕްޓެންބަރު 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަނޑިޔާރުކަން ކޮށްދޭނެ ފަރާތްތަކެއް ހޯދުމާއިބެހޭ

އަންނަ އޮކްޓޫބަރުމަހުގެ 19 ން 21 ގެ ނިޔަލަށް ބ. ތުޅާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ " ޤުރްއާން ކިޔެވުމުގެ ބ. އަތޮޅު މުބާރާތް 1445" ގައި އިންސާފުކޮށްދޭނެ 03 ފަނޑިޔާރުން ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މިދެންނެވި މުބާރާތުގައި އިންސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، 25 ސެޕްޓެންބަރު 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީ. މެއިލްގެ ޛަރީއާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިއިދާރާގެ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މިގޮތުން ހުށަހަޅުއްވާ ކޯޓޭޝަނާއެކު ފަނޑިޔާރުގެ ފަރާތުން ޕްރޮފައިލްއެއް ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި އިންސާފުކޮށްދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަކީ، ޤުރްއާން މުދައްރިސްކަމުގެ ދާއިރާއިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6602537 އާއި ގުޅުއްވުން އެދެމެވެ. 

18 ސެޕްޓެންބަރު 2023